ފިތުރު އީދު ދުވަހާ ގުޅިގެން މާލެ ސަރަހައްދުގައި ހަވީރު 4 އިން 6 އަށް އިންޖީނުލީ އެއްވެސް އުޅަނދެއް އަދި ހަވީރު 4 އިން ރޭގަނޑު 11:30 އަށް ބަރު އުޅަނދު ދުއްވުން ސިޓީކައުންސިލުން މަނާކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ވިލިމާލޭގެ މަގުތަކުގައި ބެޓެރި ވެހިކަލް އަދި މާލެ އާއި ހުޅުމާލޭގައި ވެހިކަލް ނުދުއްވާ ގޮތަށް މިދިޔަ އަހަރު އެ ކައުންސިލުން ނިންމާފައިވާ ކަމަށާއި އެކަމަށް މި އަހަރު ވެސް އަމަލުކުރާނެ ކަމަށެވެ. އަދި އެ ގަވައިދާ ހިލާފުވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިއަދުގެ ހަވީރު 4 އިން ރޭގަނޑު 11:30 އާ ދޭތެރޭގައި މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން ވެސް މަނާވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެހެން ނަމަވެސް، ސަލާމަތީ ބާރުތަކުގެ ވެހިކަލާއި އެމްބިއުލާންސް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ ވެހިކަލާއި އާންމު ބަސް އަދި ފުރާ މީހުން ބޭނުންކުރުމަށް ހުއްދަ ދޭ އުޅަނދުތައް އިސްތިސްނާވާނެ ކަމަށާއި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް މެންދުރު 2 ޖަހަންދެން ތައިސޭ ކޮށިން ސްޓިކާ ދޫކުރާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު