މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި، ބިދޭސީއެއްގެ އަތުން ފައިސާ ހޯދީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް ހައްޔަރުކުރުމަށް ފަހު ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާނަށް އެނގިފައި އޮތްކަން ވެސް ތަހުގީގުން ހާމަވި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުުހުން ބުނީ އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައި އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުން ކަމަށެވެ. އެ އޮޕަރޭޝަނުގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި، ވަޒީފާގެ އެ މަސްއޫލިއްޔަތު ނެތް އިމިގްރޭޝަންގެ ތިން މުވައްޒަފުން، އެ ގެ ބަލައި ފާސްކުރި ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
އޭގެ ފަހުން އެރޭ އެފަދަ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފައިވާ އިމިގްރޭޝަންގެ ޓީމެއް ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރުކުރި ބިދޭސީންގެ ތަކެތި ސީލްކޮށް، އެ މީހުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ކަމަށް ފުލުހުން ބުނެެއެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވައިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ އަތުން ފެނުނު މީހަކު، މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑުގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެެ. އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކޮށްލީ ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އިރުޝާދުގެ ދަށުން، އެކަން 'އާޖެންޓް' ކަމެއްގެ ގޮތުގައި އަމަލުކުުރުމަށް އަންގައިގެންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހަކީ ދިވެއްސެއް ކަމަށާއި އެއީ އެ މައްްސަލައާ ގުޅިގެން ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާގެ މެންބަރެއް ކަމަށް ފުލުހުން ބުނެއެވެ. އަދި ބިދޭސީ މީހާ ހައްޔަރުކުރިއިރު، އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ، އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ވެސް ތަހުގީގަށް އެނގުނު ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގެ ތަހުގީގުގައި، ގިނަ އަދަދެއްގެ ސީސީޓީވީ ފުޓެޖު އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނަގައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާއާޢި 10،000 ޑޮލަރާއި އެހެނިގެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި އެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު