ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނީ މިއަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަކާތް ބަލައިގަތުމުގެ ވަގުތު ހަމަވިިއިރު މުޅި ރާއްޖެއިން 13،264،819ރ. ލިބިފައިވާ ކަމަށެވެ. މިއީ، މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށް ޝަހީމް ފާހަގަކުރެެއްވިއެވެ.

ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 12،594،777 ރުފިޔާ އެވެ.

ފަގީރުންގެ ދަފްތަރުގައި މި އަހަރު 2،765 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު އެއިން ކޮންމެ މީހަކަށް 4،500ރ. ރުފިޔާ މިހާރު ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން