ރުޅިވެރިކަމަކާއި، ހަސަދަވެރި ކަމުން ހިތްތައް ސާފުކުރުމަށާއި ބައިބައިނުވެ، އެންމެން އެއްގަލަކަށް އެރުމަށް މިއަދުގެ ފިތުރު އީދު ހުތުބާގައި ގޮވާލައިފި އެވެ.
މިއަދު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޢީދު ޚުތުބާގައި ބުނެފައިވަނީ ހުރިހައި ރުޅިވެރިކަމަކާއި، ޙަސަދަވެރިކަމަކުން އަޅުގަނޑުމެންގެ ހިތްތައް ސާފުކޮށް ބައިބައިނުވެ، އެންމެން އެއްގަލަކަށް އަރަންޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ގައުމުގެ އިސްލާމީ ޝަޚުޞިއްޔަތަކީ، އިސްލާމް ދީނާއި، އެކުވެރިކަމާއި، މިނިވަންކަމާއި، އިސްތިޤުލާލު ކަމަށެވެ. އެހެންވެ، ގައުމުގެ އިސްލާމީ ޝަޚުޞިއްޔަތު ދަމަހައްޓަން އަޒުމު ކަނޑައަޅަން ޚުތުބާގައި ގޮވާލާފައިވެއެވެ. މީގެ އިތުރުން ޚުތުބާގައި ބުނީ ޢީދުގެ އުފާފާޅުކުރާއިރު ދުނިޔޭގެ އެކި ކަންކޮޅުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންގެ މަތިން ހަނދާންކޮށް، އެ މީހުންގެ ކެކުޅުންތަކުން ސަލާމަތްކޮށްދެއްވުން އެދި ހެޔޮ ދުޢާކުރަން ޖެހޭ ކަމަށެވެ. އަދި، މި މުނާސަބަތަކީ ހަމައެކަނި ތަނަވަސް މީހުން ފާހަގަކުރާ މުނާސަބަތަކަށް ނުހަދައި ޢީދުގެ އުފަލުގައި ފަގީރުންނާއި ނިކަމެތިން ވެސް ބައިވެރިކުރަން ޚުތުބާގައި ގޮވާލިއެވެ. ޚުތުބާގައި ބުނީ، ހަގީގީ އޮގާތެރިކަން އޮންނާނީ އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވެ، ބާރުގަދަ މީހާ ދެރަ މީހާގެ އަތުގައި ހިފައިގެން ކަމަށެވެ. ޚުތުބާގައި ވަނީ އިސްލާމް ދީނާއި އަގީދާއަށް ރައްކާތެރިވާން ގޮވާލާފައެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ. އެ ޖަމާއަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިއަދު ވަނީ ޢީދު ނަމާދު ކޮށްފައެެވެ. ބައެެއް ރަށްރަށުގައި ޢީދު ނަމާދު ކޮށްފައިވަނީ ބޮޑު ޖަމާއަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު