މި އީދުގައި ދިއްލަން އދ. އޮމަދޫއަށް ލައިޓްތައް ސަރުކާރުން ނުފޮނުވީ ސިޔާސީ ނުފޫޒުން ކަމަށް ބުނެ އެ ރަށުގެ ކައުންސިލުން ނުރުހުން ފާޅުކޮށްފި އެވެ.
އޮމަދޫ ކައުންސިލްގެ ފަސް މެމްބަރުން ސޮއި ކުރައްވައި މިއަދު ނެރުނު ބަޔާނުގައި ބުނީ އީދަށް ދިއްލާ ރަށްތަކުގެ ތެރޭގައި އޮމަދޫ ހިމެނޭ ކަމަށް ބުނެ ލޯކަލް ގަވާމަންޓް މިނިސްޓްރީން އެ ކައުންސިލަށް މި މަހުގެ ހަވަނަ ދުވަހު ސިޓީއެއް ފޮނުވި ކަމަށެވެ.
އެހެންވެ އެކަމަށް ވާން ޖެހޭ ތައްޔާރީތައްވެސް ވެފައި އޮއްވާ ލައިޓްތައް ފޮނުވާ ރަށްތަކުގެ ތެރޭގައި އޮމަދޫ ހިމެނުނީ އޮޅިގެން ކަމަށް ބުނެ އިއްޔެ ހަވީރު މިނިސްޓްރީން ސިޓީއެއް ފޮނުވި ކަމަށް ކައުންސިލުން ބުނެއެވެ.
އެހެން ނަމަވެސް މިއީ އޮޅިގެންވީކަމެއް ނޫން ކަމަށް ކައުންސިލުން ބުންޏެވެ.
"މި ކައުންސިލަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ބުރަވެވެނީ ސިޔާސީ ގޮތުން ނުފޫޒު ހުރި ފަރާތްތަކުން ބާރުވެރިކަމުގެ އޮއިވަރުގައި ޖެހި ލައިޓުތައް ގެންދިއުމަށް ކަނޑައެޅިފައިވާ ލިސްޓަށް ބަދަލު ގެނެސް މި ރަށުގެ ނަން ލިސްޓުން އުނިކޮށް އެހެން ރަށަކަށް އެ ލައިޓުތައް ބަދަލުކޮށްފައިވާ ކަމެވެ." އޮމަދޫ ކައުންސިލުން ނެރުނު ބަޔާނުގަައި ބުނެފައި ވެއެވެ.
އަދި މިއީ އޮމަދޫގެ ރައްޔިތުން ލަދުގަންނަވާލަން ސަރުކާރުން ކުރި ކަމެއް ކަަމަށް ވެސް ކައުންސިލުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު