މާލޭގައި ބޭއްވި ޢީދު ހަވީރަކީ ފަހުގެ ތާރީހެއްގައި އެންމެ ކުލަގަދަކޮށް، ގިނަ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވުނު ޢީދު ހަވީރަށް ވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު މާލޭގައި ފިޠުރު ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހަވީރު ސަލްޓަންޕާކާއި، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައެވެ. ގިނަ ހަރަކާތްތަކާއެކު ބޭއްވި މި ހަވީރަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. އެ ސަރަހައްދުތަކުގައި ކުޑަކުދިންނަށް ގޭމުތައް ކުޅުމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުފަހަރުތަކަށް އަރައި ބެލުމަށާއި، އެ އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ ދީފައެވެ.
މިހަރާކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް އެ ސަރަހައްދުތަކުގައި ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރައީސް މުޢިއްޒުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެހަރަކާތުގެ ތެރެއިން ދައުލަތުގެ މީޑިޔާ ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މިއީ ފަހުގެ ތާރީހެއްގައި މާލޭގައި އެންމެ ކުލަގަދަކޮށް، ބޭއްވުނު ޢީދު ހަވީރަށް ވެގެންދާނެ ކަމަށެވެ. އެގޮތުން މި ހަރަކާތަކީ ގިނަ އަދަދެެއްގެ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ގިނަ ހަރަކާތްތަކާއެކު ބޭއްވުނު ޢީދު ހަވީރަށް ވެގެންދާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ވަރަށް އުފާވެރި ވަގުތުކޮޅެެއް އާއިލާއާއި އެކު ހޭދަކޮށްލަން ލިބުނު ހަމަ ރަނުގެ ފުރުސަތެއް މިއަދަކީ، އެހެން ނަމަވެސް ޖާގަ ތާށިކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، މިއަށް ވުރެ ރަނގަޅަށް ޖާގަ ފަހިކޮށް ކުރިއަށް އޮތް ތާނގައި ލިބުނު ތަރުހީބާއެކު އޯގައިނައިޒް ކުރެވޭތޯ ބަލާނަން،" މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު