ފޮޓޯ: ސަންއޮންލައިން
ފޮޓޯ: ސަންއޮންލައިން
ފިތުރު އީދު ފާހަގަކުރަން ހުޅުމާލޭގައި ޑްރޯން ޝޯއަކާއި އެކު ހަވާ އަރުވައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތްތަކުގެ ތެރެއިން ޑްރޯން ޝޯ ބާއްވާފައިވަނީ ސެންޓްރަލް ޕާކުގައި ރޭ 08:30 ގައެވެ. އެގޮތުން 30 މިނެޓަށް އެ ޝޯ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޑްރޯން ޝޯގައި އިސްލާމް ދީނާ ގުޅުން ހުރި ބައެއް މަންޒަރުތަކާއި ރާއްޖޭގެ ސަގާފަތުގެ އިތުރުން އެޗްޑީސީއާ ގުޅުން ހުރި މަންޒަރުތައް ފެނިގެންދިޔައެވެ. މީގެ އިތުރުން ފަލަސްތީނުގެ މުސްލިމުންގެ ހަނދާން އާކުރުމުގެ ގޮތުން، ފަލަސްތީނުގެ ދިދަ ހިތެއްގެ ސިފައިގައި ވަނީ ދައްކާލާފައެވެ. އޭގެފަހުން ސެންޓްރަލް ޕާކުގައި ވަނީ ހަވާ ވެސް އަރުވާފައެވެ. އެހަރަކާތްތައް ބަލާލުމަށް ކުދި ބޮޑު ގިނަ ބަޔަކު އެސަރަހައްދަށް ޖަމާވިއެވެ.

ޢީދު ފާހަގަކުރަން މާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން