އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެއެވެ.
ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު އަންހެން މީހާގެ އިތުރުން އޭނާގެ ފިރިމީހާ ވެސް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
ފިރިހެންމީހާގެ ހާލު އަދިވެސް ސީރިއަސްކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިރޭ ބައެއް މީޑިއާތަކަށް ވިދާޅުވީ މި ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވީ މިރޭ 7:17 ގައި ކަމަށެވެ.
މި ދެ މީހުނަށް ލިބިފައިވާ ގެއްލުމަށް ބަލައި ފަރުވާ ދެމުން ދިޔައީ ބޭރުގެ ޑޮކްޓަރުންގެ ލަފާގެ މަތިންކަމަށް ވެސް މީގެ ކުރިން ހޮސްޕިޓަލުން ބުނެފައިވެއެވެ.
މިދިޔަ ހަފްތާގައި ހިނގި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ ހާދިސާ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު