ޝާން މުހައްމަދު   31 މާރިޗު 2025 - 20:48
ޕާކިސްތާނުގެ ކަރާޗީއަށް މިއަދު ހަވީރު 4:11 ހާއިރު 4.7 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

އެ ގައުމުގެ ބިންހެލުން މޮނިޓަރިން ސެންޓަރާ ހަވާލާދީ ބޭރުގެ ނޫސްތަކުން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. "ދަ އެކްސްޕްރެސް ޓްރިބިއުން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 19 ކިލޯމީޓަރު އަޑިން މި ބިންހެލުން އައިސްފައި ވަނީ ކަރާޗީގެ އުތުރުން 75 ކިލޯމީޓަރު ދުރުންނެވެ.

ކަރާޗީ އަށް އައި މި ބިންހެލުމުގެ ތަޖުރިބާތައް ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީސް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ ކަރާޗީއާ ހަމައަށް ބިންހެލުމުގެ އަސަރު އިހުސާސް ކުރެވުނު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން