މިފަހަރުގެ ރޯދަ ހަދިޔާއަށް ސަރުކާރުން 79 މިލިއަން ރުފިޔާގެ މަސްދަޅު ކޭސް ބެހި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން 108،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބެހި ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ ދަށުން ސަރުކާރުން ވަނީ މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި މަސްދަޅު ކޭސް ބަހާފައެވެ.

ޖުމްލަ 108،801 ކޭސް މަސްދަޅު ގަންނަން ދައުލަތުން 79.4 މިލިއަން ރުފިޔާ ރައްޔިތުންނަށްޓަކައި ހޭދަކުރި ކަމަށް ފިނޭންސުން ބުނެއެވެ.

ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން ގަނެފައިވާ މި މަސްދަޅު ކޭސްތަކުގެ ތެރެއިން ކޮންމެ ކޭހަކުން އެ ކުންފުނިން ވަނީ 30 ރުފިޔާ ގެ ޑިސްކައުންޓެއް ދީފައެވެ. އެހެންވެ، ކޮންމެ މަސްދަޅު ކޭހަކަށް ސަރުކާރުން ހަރަދުކުރީ 730ރ. އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން