"އަބިރް ގުލާލް" ގެ ޕޯސްޓަރު، ލީޑު ތަރިންނާއެކު، ފޮޓޯ: ޑައިލޮގުޕާކިސްތާނު
"އަބިރް ގުލާލް" ގެ ޕޯސްޓަރު، ލީޑު ތަރިންނާއެކު، ފޮޓޯ: ޑައިލޮގުޕާކިސްތާނު
ޕާކިސްތާނުގެ މަޝްހޫރު ތަރި، އަދި މީގެ ކުރިންވެސް ބޮލީވުޑްގެ ބައެެއް ފިލްމުތަކުން ފެނިފައިވާ ފަވާދު ޚާންގެ ފިލްމު "އަބީރު ގުލާލް" ގެ ޓީޒަރު ނެރެފިއެވެ.

މި ފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ފަވާދުގެ "ލަވް އިންޓްރެސްޓް" ގެ ގޮތުގައި ފެނިގެންދާނީ ބޮލީވުޑްގެ ތަރި ވާނީ ކަޕޫރު އެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މި ދެ ތަރިންގެ ލޯބީގެ ގުޅުމުގައި ދިމާވާ ތަފާތު އެކި ކަންތައްތަކުގެ މައްޗަށެވެ. މި ފިލްމުގައި މި ދެ ތަރިންގެ ކެމިސްޓްރީ ވަރަށްވެސް ފުރިހަމައަށް ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

"އަބިރް ގުލާލް" ޑައިރެކްޓު ކުރާނީ އާރްތީ އެސް ބަގްދީ އެވެ. އަދި ފިލްމު ޕްރޮޑިއުސް ކުރާނީ އިންޑިއަންް ސްޓޯރީސް އާއި އަ ރިޗާ ލެންސް އަދި އާރްޖޭއި ޕިކްޗާސް ގުޅިގެންނެވެ.

މިއީ ގިނަ އަހަރުތަކަކަށްފަހު ބޮލީވުޑްގެ ފިލްމަކުން ފަވާދު ފެނިގެންދާ ފުރަތަމަ ފަހަރެވެ. އެހެންވެ ބެލުންތެރިން ތިބީ މި ފިލްމު ނެރޭނެ ދުވަހަކަށް ކެއްމަދުވެފައެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މޭއި މަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން