އދ. ގެ އަންހެނުންގެ ހައްގުތަކާ ބެހޭ ކޮމިޝަން، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު) ގެ 2026-2030 ދައުރަށް ރާއްޖެ އިންތިހާބުވުމާ ގުޅިގެން އެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
4 އަހަރުގެ ދައުރަކަަށް ރާއްޖެ އިންތިހާބު ވެފައިވާއިރު ސަރުކާރުން ބުނީ މިއީ މި ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި އިންތިހާބެއްގައި ބައިވެރިވެ ރާއްޖެ ހޮވުނު ފުރަތަމަ ފަހަރު ކަމަށެވެ.
ރާއްޖެއިން ސީއެސްޑަބްލިޔުއަށް ކުރިމަތިލާ، ހަރަކާތްތެރިވުމުން އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ސަރުކާރުން ދޭ އަހައްމިޔަތު ފާހަގަވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ރައީސް މިއަދު އެކްސްގައި ވިދާޅުވީ، ސީއެސްޑަބްލިޔުއަށް އިންތިހާބުވުމަކީ ލިބިގެންދިޔަ ފަހުރެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގައި މުހިންމު ކާމިޔާބީތަކެއް ހާސިލުކުރެވިފައި ކަަމަށެވެ.
އަދި އެންމެން ބައިވެރިކޮށް ޝާމިލުވާ މުސްތަގުބަލަކާ ދިމާލަށް ދިއުމަށް ސީއެސްޑަބްލިޔުގެ ހުރިހާ މެމްބަރުންނާއެކު މަސައްކަތްކޮށް ކޮމިޝަން އިތުރަށް ހަރުދަނާކުރަން ރާއްޖެއިން އޮތީ ތައްޔާރަށްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ސީއެސްޑަބްލިއު އަކީ ސިޔާސީ، އިގުތިސާދީ، އިޖުތިމާއީ އަދި ތައުލީމީ ދާއިރާތަކުގައި އަންހެނުންގެ ހައްގުތައް ކުރިއެރުވުމާއި އަވަސް ހައްލެއް ބޭނުންވާ އަންހެނުންގެ ހައްގުތަކާ ބެހޭ މައްސަލަތަކާ ގުޅޭގޮތުން އިކޮސޮކްއަށް ލަފާ ދިނުމަށް މަސައްކަތްކުރާ ކޮމިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު