ހޮޅުދޫ ބޯޓު ރޯވެ އަނދާ ހުލިވި ހާދިސާގައި ގެއްލިފައިވާ މުޝްފިޤް ޝަރީފް ހޯދުމަށް 133 ނޯޓިކަލް މޭލު ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، އޭނާ ހޯދުމަށް ބުދަ ދުވަހުން ފެށިގެން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މިލިޓަރީ ޑްރޯން ވެސް އޭނާ ހޯދުމަށް ބޭނުންކޮށްފައިވާއިރު މިހާތަނަށް 133 ނޯޓިކަލް މޭލު ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އޭގެ ތެރެއިން ޑައިވްކޮށްގެން 143880 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު ވައިގެ މަގުން 5000 ކިލޯ މީޓަރުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

ނަމަވެސް މިހާތަނަށް އޭނާ ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހޮޅުދޫ ބޯޓުން 18 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރެއިން 17 މީހަކު ވަނީ ސަލާމަތް ކޮށްފައެވެ. މުޝްފިޤް ގެއްލިފައިވަނީ އަލިފާން ރޯވުމުން ބޯޓުން ފުންމާލިފަހުން ކަމަށް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން