"ބަޖްރަންގީ ބައިޖާން" ގެ ޕޯސްޓަރު، ފޮޓޯ: ހޮޓްސްޓަރ
"ބަޖްރަންގީ ބައިޖާން" ގެ ޕޯސްޓަރު، ފޮޓޯ: ހޮޓްސްޓަރ
ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ ފިލްމު "ބަޖްރަންގީ ބައިޖާން" ގެ ސީކުއެލް އެއް އުފައްދަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައި ވަނީ ލިޔުންތެރިޔާ ވީ ވިޖެންދަރު ޕްރަސާދުއާއެކު ސަލްމާނު މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި "ބަޖްރަންގީ ބައިޖާން 2" ގެ ވާހަކަ ބިނާކުރާނެ ގޮތްތަކާމެދު މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

އަދި މި ސީކުއެލް އުފައްދާނަމަ ފިލްމު ޑައިރެކްޓު ކުރާނީ ކަބީރު ޚާން ކަމަަސްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ރިޕޯޓުތަކުގައި ބުނެފައިވަނީ ވިޖެންދަރު އާއި ކަބީރު އެކުގައި ކޮލަބޮރޭޓު ކޮށްފިނަމަ، މި ފިލްމު ވަރަށް ކުރިއަރައި ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

2015 ވަނަ އަަހަރު ނެރުނު "ބަޖްރަންގީ ބައިޖާން" އަކީ ސަލްމާނުގެ އެންމެ ފާހަގަ ކުރެވޭ ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. މިއީ އޭނާގެ ކެރިއަރުގައި ބޮޑު ސިއްކައެއް ޖެހި ފިލްމަކަށްވީއިރު، މި ފިލްމުން އޭނާ ވަނީ އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައެވެ. މި ފިލްމަށްވަނީ ގައުމީ ފެންވަރުގެ އެވޯޑެއްވެސް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން