ބޮކްސް އޮފީހުގައި ނާކާމިޔާބު ވީނަމަވެސް އޮންލައިނު ޕްލެޓްފޯމުތަކުގައި "ލަވްޕާޔާ" އެޅުވުމުން މިފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމު ސިނަމާތަކަށް ނެރުނީ ފެބްރުއަރީ 7 ގައެވެ. މިއީ ޖުނެއިދު ޚާން އާއި ޚުޝީ ކަޕޫރު ބޮލީވުޑަށް ތައާރަފްވި ފިލްމެވެ. މި ފިލްމު ސިނަމާތަކަށް ނެރުމުން ބޮކްސް އޮފީހުގައި މިއަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފިލްމު އޮންލައިނުކޮށް އެޅުވުމުން އެތައް ބަޔަކަށް މި ފިލްމު ވަނީ ކަމު ގޮސްފައެވެ.
މި ފިލްމާ ގުޅޭ ގޮތުން ވަރަށް ގިނަ މީހުން ވަނީ އެކްސްގައި ހިޔާލު ފާޅުކޮށްފައެވެ. އަދި ފިލްމުގައި ފެންނަ މަޖާ ޑައިލޮގުތަކާއި، ފިލްމުގެ ކޮންސެޕްޓަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ. އަދި މި ފިލްމަކީ ރަނގަޅު، އަދި މަޖާ ފިލްމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މި ރޮމޭންޓިކް ކޮމެޑީ ފިލްމު ޑައިރެކްޓުކުރީ އަދްވެއިތު ޗަންދަން އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޚުޝީ އާއި ޖުނެއިދުގެ އިތުރުން ގްރުޝާ ކަޕޫރު، ކީކޫ ޝަރްދާ، އަދިތިޔާ ކުލްޝްރެޝްތު، ނިކިލް މެހެތާ އަދި މިނޫނަށް ގިނަ ތަރިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު