ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޝާފިއު
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޝާފިއު
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޝާފިއު މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝާފިއު މަޤާމުން އިސްތިއުފާ ދެއްވީ މަސްވެރިކަމުގެ ދާއިރާގައި ހުރި ބައެއް މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް ގެނެސް ނުދެވޭ ކަމަށް ވިދާޅުވުމަށް ފަހުއެވެ. ނަމަވެސް އިސްތިޢުފާ ދެއްވި ސަބަބާމެދު ޝާފިޢު ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަ ކުރަށްވާފައެއް ނުވެއެވެ.

ފިޝަރީޒް މިނިސްޓްރީގައި ޝާފިއު ހަރަކާތްތެރިވެ ވަޑައިގެންނެވީ މަސްވެެރިންގެ ދަފްތަރު އެކުލަވާލުމާއި، ދޯނިފަހަރުގައި އާރުއެސްޑަބްލިޔު ސިސްޓަމް ބަހައްޓަށް ދޫކުރާ ލޯނުގެ މަސައްކަތުގައެވެ. އޭގެ އިތުރުން މިނިސްޓްރީގެ މީޑިއާގެ މަސައްކަތްތަކުގައިވެސް ކޮންމެވެސް ވަރަކަށް އުޅުއްވާފައިވެއެވެ.



ޝާފިއު ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ޝާފިއު އަކީ މަސްވެރިކަމުގެ ދާއިރާގައި ޢަމަލީ ގޮތުން ވަރަށް ބޮޑަށް ހަރަކާތްތެރިވެ އުޅުއްވާ ފަރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން