ގދ. ހޯނޑެއްދޫ
ގދ. ހޯނޑެއްދޫ
ގދ. ހޯނޑެއްދޫގެ އިދާރީ އިޚްތިޞާސުން ކަޑެވާރެހާ ވަކިކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ގދ. ހޯނޑެއްދޫގެ އިޚްތިޞާޞުން ކަޑެވާރެހާ ވަކިކޮށް އެރަށުގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވާފައިވާ ކަމަށެވެ.

އަދި ރައީސް އެގޮތަށް ނިންމަވާފައިވަނީ އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން ރައީސް އޮފީހުން ބުނީ ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިޢު ކޮށްފައިވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން