ހައްޔަަރުކުރި ދެ ބިދޭސީން
ހައްޔަަރުކުރި ދެ ބިދޭސީން
ގިނަ އަދަދެއްގެ ބަނގުރާ ހިފައިގެން އުޅުނު ދެ ބިދޭސީން ފިލަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓަކް ބަހާދުރު ރިލަމީ، ނޭޕާލް (34އ) އާއި ބަހާރު އުދީން، ބަންގުލަދޭޝް (34އ) އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ 22:00 އެހައިކަންހާއިރު ޕެޓްރޯލް ކުރަމުންދިޔައިރު، ރީތިގަސް މަގު ބުރިޖު ދަށުން އެ ދެ މީހުން ޑިންގީއަކުން ފޭބި ކަމަށެވެ. އަދި ފޮށިގަނޑެއް ހިފައިގެން ޑިންގީން މި ދެ މީހުން ފޭބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތް ކުރިކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން