ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަމުން ޓޫރިޒަމް މިނިސްޓަރ ވަނީ ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ކުރިއަށްގެންދާ ކެމްޕެއިނުގެ ފާހަގަ ކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ކުޅިވަރު ކްލަބުތަކާއި ގުޅިގެން މާކެޓު ކުރުމަށް ނިންމާފައިވަނީ ލަގްޒަރީ މާކެޓަށް އިސްކަމެއް ދީގެން ފަތުރުވެރިން ގެނައުމުގެ ބޭނުމުގައި ކަމަށެވެ.
އަދި މިމަސައްކަތްތަކުގެ ތެރެއިން ރާއްޖެއަށް އަވަހަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި ކެމްޕޭނުތަކުގެ ސަބަބުން ހާއްސަކޮށް ލަގްޒަރީ މާކެޓަށް އަންނަ ފަތުރުވެރިން އިތުރު ވެގެން ދާނެ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންނަކީ ހައި އެންޑު ރިޒޯޓުތަކަށް އަންނަ ބަޔަކަށް ވެއްޖެނަމަ ރާއްޖެއަށް ވަންނަ ފައިސާވެސް އިތުރުވެގެންދާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެ އަންނަ ފަތުރިވެރިން އިތުރު ކުރުމެވެ. މިކަމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފަތުރުވެރިކަން ފުޅާ ކޮށް، ރާއްޖެ ޕްރޮމޯޓު ކުރުމަށް ލިވަޕޫލްގެ އިތުރުން އިންޑިއާގެ ކްރިކެޓް ކްލަބެއްކަމަށްވާ މުމްބާއީ އިންޑިއަންސް އާއެކުވެސް އެމްއެމްޕީއާރްސީން ވަނީ ޕާރޓްނަޝިޕެއް ހަދާފައެވެ. މިއީ އިންޑިއާގެ އެންމެ ކާމިޔާބު އަދި، އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓް ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު