ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަތުރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދޮސަރީ ސަފީރުކަމުގެ ދައުރުގައި ކޮށްދެއްވާފައިވާ މަަސައްކަތްތަކަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލްގެ ޝުކުރު އަދާކުރައްވައިފިއެވެ.
މިނިސްޓަރު ޚަލީލް، ސައުދީ ސަފީރަށް ޝުކުރު އަދާކުރެއްވީ ސައުދީ ސަފީރުގެ ދައުރު ހަމަވުމާ ގުޅިގެން އޭނާ މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައި ދެއްކެވި ވާހަކައިގައެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖެއާއި ސަޢުދީއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށްޓަކައި ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، ޚަލީލް ވަނީ ޝުކުރު އަދާކުރައްވައި، ސަފީރުގެ ދައުރުގައި ބެހެއްޓެވި ގާތް ރަޙްމަތްތެރިކަން ވެސް ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސައުދީ ސަފީރުގެ ދެއްކެވި ވާހަކަައިގައި، އޭނާގެ ދައުރުގައި ދިވެހި ސަރުކާރުން ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު