ހަށިގަނޑަށް ސަމާލުކަން ދެވޭ ވަރު ކުޑަވާނަމަ އޭގެ ސަބަބުން މީހާގެ ބައްޓަމަށާއި، ހަންގަނޑަށް ބޮޑެތި އަސަރުތައް ކުރެއެވެ. އަދި މިކަމުގެ ސަބަބުން މީހާގެ ސިފައަށް ބަދަލުތަކެއްވެސް އާދެއެވެ. ވީމާ ހަށިގަނޑުގެ ބައްޓަމާއި ހަންގަނޑު ރީތިކޮށް ކުރީގެ ސިފައަށް އަނބުރާ ދާން ބޭނުންވާނަމަ އެކަމަށްޓަކައި މަސައްކަތް ކުރަން ކޮންމެހެން ޖެހެއެވެ. އެންމެ ފަސޭހައިން މިކަން ހާސިލް ކުރެވޭނީ ކެއުމުގެ އާދަތަކަށް ބަދަލު ގެނައުމުންނެވެ. ތިރީގައި މި ހިމަނާލަނީ އެއް މަސް ދުވަސްތެރޭ "ގްލޯ އަޕް" ވާން ބޭނުންވާނަމަ ކާންވީ ބައެއް އެއްޗެއްސެވެ.
އެވޮކާޑޯ
އެވޮކާޑޯ އަކީ އޭގައި ގިނަ އަދަދަކަށް ފައިދާހުރި ފެޓުތައް ހިމެނޭ އެއްޗެކެވެ. އެހެންވެ، މި ކެއުމުން މީހާގެ ހަންގަނޑު ރީތިވެ، ހަންގަނޑުގެ އިލާސްޓިސިޓީ އިތުރުވެއެވެ. އަދި ހަންގަނޑު ހިކުމުންވެސް ދުރުކޮށްދެއެވެ. މީގެ އިތުރުން މީގައި ހިމެނޭ ވިޓަމިން އީ އަކީ ސެލްތައް މަރާމާތު ކުރުމުގައިވެސް އެހީވެދޭ އެއްޗެކެވެ.
ސްޕިނެޗް
ސްޕިނެޗަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ސީ އަދި ކޭ ހިމެނޭ އެއްޗެކެވެ. އެހެންވެ މި ކެއުމުން މީހާގެ ހަންގަނޑު ސިއްހަތު ރަނގަޅުވެ، ކޮލަޖެން އުފައްދާވަރު އިތުރުކޮށް، ސެލްތައް މަރާމާތު ކޮށްދެއެވެ. އަދި މީގައި އެކުލެވޭ އަޔަން އަކީ ހަންގަނޑުގެ ކުލަ އަލި ކުރުމުގައި އެހީވެދޭ މާއްދާއެކެވެ.
ކައްޓަލަ
ކައްޓަލައަކީ އޭގައި ގިނަ އަދަދަކަށް ބީޓާ ކެރޮޓޮނިން އެކުލެވޭ އެއްޗެކެވެ. މިއީ ގުދުރަތީ "ސަން ބްލޮކް" އެކެވެ. މި ބޭނުން ކުރުމުން އިރުގެ ނުރައްކާތެރި ދޯދިތަކުން މީހާގެ ހަންގަނޑު ރައްކާތެރި ކޮށް، ހަމުގެ ސެލްތައް މަރާމާތު ކޮށްދެއެވެ. އަދި މިއީ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން ހަޖަމުގެ މައްސަލަތަކުން މީހާ ދުރުކޮށް ހަންގަނޑުވެސް ރީތިކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު