މަރްޔަމް ނަހްދާ ވަޙީދު   7 އޭޕްރީލު 2025 - 8:57
ރިތިކު ރޯޝަން، ގޫގުލް އިމޭޖެސް
ރިތިކު ރޯޝަން، ގޫގުލް އިމޭޖެސް
ހޮލީވުޑްގެ ނަން މަޝްހޫރު ޑައިރެކްޓަރަކާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކު ރޯޝަން ބުނެފިއެވެ.

ދާދި ފަހުން ރިތިކު ވަނީ އެމެރިކާއަށް ޓުއާއެއްގައި ގޮސްފައެވެ. މި ޓުއާގައި މީޑިއާތަކާ ވާހަކަ ދައްކަމުން އޭނާ ވަނީ އޭނާ އަށް އެންމެ ކަމުދާ ހޮލީވުޑް ޑައިރެކްޓަރުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ.

އެގޮތުން އޭނާ ބުނެފައިވަނީ އޭނާއަށް އެންމެ ކަމުދާ ޑައިރެކްޓަރަކީ ކްރިސްޓޮފާ ނޯލަން ކަމަށާއި، ކްރިސްޓޮފާއާއެކު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. މި ހަބަރު ވެގެން ދިޔައީ އޭނާގެ ފޭނުންނަށް ވަރަށްވެސް އުފާވެރި ހަބަރަކަށެވެ. އަދި މި ކޮލަބޮރޭޝަން އަށް އިންތިޒާރު ކުރެވޭ ކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ.

އޭނާ މިހެން ބުނި ނަމަވެސް، އަދި މިކަހަލަ އެއްވެސް ކަމެއް ރާވަމުން އަންނަ ކަމަކަށް އިޝާރާތް ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ މިވަނީ ހޮލީވުޑްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް އިޝާރާތް ކޮށްފައެވެ.

ރިތިކު ދެން އެންމެ އަވަހަށް ފެނިގެންދާނީ "ވާ 2" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ލީޑުން ފެންނާނީ ކިއަރާ އަދްވާނީ އާއި ޖޫނިއާ އެންޓީއާރް އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން