ބޮލީވުޑްގެ މަޝްހޫރު ތަރި ވިކީ ކޯޝަލްގެ ފިލްމު "އޭކް ޖާދޫގަރު" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
މި ޕޯސްޓަރުގައި ވިކީ ފެނިގެންދާއިރު އޭނާ ފެނިގެންދަނީ ވަރަށަވެސް ތަފާތު ސިފައެއްގައެވެ. ފެހިކުލައިގެ ކޯޓު ފަޓްލޫނެއްގައި ވިކީ ފެންނައިރު އޭނާ އަކީ ޖާދޫ ހަދާ މީހެއްކަން އެ ޕޯސްޓަރުން ހާމަވެއެވެ.
މި ޕޯސްޓަރު ބަލާލުމުން މި ފިލްމަކީ ޖާދޫ އާ ގުޅުންހުރި ފިލްމެއްކަން އެނގެއެވެ. މިއީ މިފަދަ ފިލްމަކުން ވިކީ ފެނިގެންދާ ފުރަތަމަ ފަހަރު ކަމުން، ޕޯސްޓަރު ނެރުމާއެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ މިއަށް ލިބިފައެވެ.
މި ފިލްމު ޑައިރެކްޓު ކުރާނީ ޝޫޖިތު ސިރްކާރު އެވެ. މި ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ "ޗާވާ" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު "އޭކް ޖާދޫގަރު" ގެ އިތުރުން ވިކީ މިހާރު ދަނީ ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވާ" ގައިވެސް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު