އޭލެވެލްއަށް އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ އަދަދު 77 ޕަސެންޓް އިތުރުވެއްޖެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވި ހިތޯބުގައި ވިދާޅުވީ އޭލަވަލްއަށް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ފަހި ކޮށްދިނުމަށްޓަކައި، ނިމިގެން ދިޔަ ދިރާސީ އަހަރުގެ ތެރޭގައި، އޭ-ލެވެލް އެކްސްޕޭންޝަންގެ ޕައިލޮޓް ޕްރޮގްރާމެއް ފެށި ކަމަށެވެ.
އަދި އެ ޕައިލެޓް ޕްރޮގްރާމް އަތޮޅު ތެރޭގެ 23 ސްކޫލެއްގައި ކުރިއަށް ގެންދިޔަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"މިޔާއެކު، މިދިޔަ ދިރާސީ އަހަރުގެ ތެރޭގައި ސަރުކާރު ސްކޫލްތަކުގެ މަތީ ސާނަވީއަށް ކިޔަވަން އަލަށްވަން ދަރިވަރުންގެ އަދަދު 77 އިންސައްތަ އިތުރުވި." މިނިސްޓަރު ވިދާޅުވި އެވެ.
އޭ-ލެވެލް އެކްސްޕޭންޝަންގެ ޕައިލޮޓް ޕްރޮގްރާމް މި އަހަރު އިތުރަށް ފުޅާކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަތީ ސާނަވީއަށް ދަރިވަރުން އިތުރުވެގެންދިޔުމަކީ ގައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ބާރަކަށްވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު