ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި މޯލްޓާއަށް މިއަދު ވަޑައިގެންފިއެވެ.
މި ދަތުރުގެ އިތުރު މަައުލޫމާތު ހާމަކުރަމުން ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ދަތުރުގައި ރާއްޖެއާއި މޯލްޓާއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެ ގައުމުގެ ފޮރިން މިނިސްޓަރު އަޔާން ބޯގްއާ ޚަލީލު ބައްދަކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށެވެ.
އަދި ދެ ގައުމަށް ފައިދާ ހުރި ދާއިރާތަކާ ގުޅޭގޮތުން ކުރެވޭނެ ކަންކަމާއި ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް އެ ގައުމުގެ އެކި މިނިސްޓަރުންނާ އެކު މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޭގެ މުހިންމު ދާއިރާތަކުގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން އިއާދަކުރަނިވި ހަކަތަ އަދި ވިޔަފާރީއާއި ޓޫރިޒަމްގެ ދާއިރާއިން ގުޅުން އިތުރަށް ވަރުގަދަކުރުން ހިމެނެއެވެ.
މޯލްޓާގެ ދަތުރުގައި މިނިސްޓަރުގެ އަރިހުގައި ސެކެޓްރީ ޑރ. ހާލާ ހަމީދު އަދި ސީނިއާ އަންޑާ ސެކެޓްރީ ހަސަން ހުސެއިން ޝިހާބް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު