ސީއައިޑީގެ އޭސީޕީ ޕްރަދިއުމަންގެ ރޯލު ޕާރުއަށް. ފޮޓޯ: ހިންދުސްތާން ޓައިމްސް
ސީއައިޑީގެ އޭސީޕީ ޕްރަދިއުމަންގެ ރޯލު ޕާރުއަށް. ފޮޓޯ: ހިންދުސްތާން ޓައިމްސް
އެތައް އަހަރުތަކެއް ވަންދެން އިންޑިއާއިން ގެނެސްދީފައިވާ އަދި އެތައް ބައެއްގެ މެދުގައި މަގުބޫލުވެފައިވާ ޝޯ "ސީއައިޑީ" ގެ އޭސީޕީގެ ރޯލު ކުޅުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް އެ ރޯލު ކުޅެން ފެށި ޕާތު ސަމްތާނު ބުނެފިއެވެ.

ސީއައިޑީގެ އޭސީޕީގެ ރޯލު ކުޅުމުގެ ފުރުސަތު ޕާތުއަށް ލިބުނީ ސީއައިޑީގެ އެންމެ މުހިންމު އެއް އެކްޓަރު ކަމަށްވާ އޭސީޕީ ޕްރަދިއުމަން އެ ޝޯގައި މަރުވުމުންނެވެ. އެ ޝޯގައި އޭސީޕީ ޕްރަދިއުމަންގެ ރޯލު ކުޅުނީ ޝިވާޖީ ސަތަމް އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕާތު ބުނެފައިވަނީ މިއީ ސޮނީ އިން އަހަރުތަކެއް ވަންދެން ގެނެސްދެމުންއައިސްފައިވާ މުހިންމު ޝޯއެއް ކަމަށެވެ. އަދި އޭސީޕީ ޕްރަދިއުމަން އަކީ އެ ޝޯގައި ވަރަށްވެސް މުހިންމު ރޯލެއް ކުޅެފައިވާ ފަރާތެއްކަމުން މި ރޯލު ކުޅެން ލިބުމަކީ ވަރަށްވެސް ބޮޑު ޒިންމާއެއް ކަމަށް ދެކޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕާތު ބުނީ މި ފުރުސަތު ލިބުމުން އޭނާ ހުރީ ދެ ހިޔާލެއްގައި ކަމަށެވެ. ސީއައިޑީގެ އެންމެ މުހިންމު ކެރެކްޓާގެ ޒިންމާ އޭނާ އަށް އަދާކުރެވޭނެ ކަމާ މެދުގައި އަމިއްލަ ނަފުސާ ސުވާލު ކުރެވުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް އޭނާ މިހާރު މިވަނީ މި ރޯލަށް އާނބަސް ބުނެ، މި ކެރެކްޓަރު ކުޅެން ތައްޔާރު ވެފައެވެ. ޕާތު ބުނީ އޭނާ ކުޅޭ ކެރެކްޓާގެ ނަމަކީ އޭސީޕީ އަޔުޝްމަން ކަމަށެވެ.

ޕާތު ބުނީ މި ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ބެލުންތެރިން އުންމީދު ކުރާ ފެންވަރަށް މި ރޯލު ކުޅެވޭތޯ ބަލާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން