ބ. އަތޮޅު ތުޅާދޫ ފަޅުތެރޭގައި ފީނަންއުޅުމުގެ ތެރޭގައި ޒުވާނެއްގެ ފަޔަށް ތޮޅިއެއްގެ ތުންގަނޑު ހެރި ޒަހަމްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގައި ހިނގި މި ހާދިސާގައި ޒުވާނާގެ ފަޔަށް ތޮޅީގެ ތުންގަނޑު ހެރުމާއެކު ޒުވާނާ ވަނީ ވަގުތުން ތުޅާދޫއަށް ގެންގޮސްފައެވެ. މި ހާދިސާގައި ތޮޅީގެ ތުންގަނޑު ހެރިފައިވަނީ އެ ޒުވާނާގެ ފަލަމަސްގަނޑަށާއި ކަކޫ ކައިރިއަށެވެ.

މި ހާދިސާގައި ޒަހަމްވި މީހާގެ ހާލު މިހާރު ރަނގަޅެވެ. އަދި ތޮޅި ހެރުމާއެކު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ތުލާދޫ ސިއްހީމަރުކަޒަށެވެ. ނަމަވެސް އެތަނުން އެކަމަށް ފަރުވާދެވެން ނެތުމުން ފަހުން ވަނީ އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ ފައިގެ ދެ ތަނަކަށް ވަނީ ތޮޅީގެ ތުންގަނޑު ވަދެފައެވެ. އަދި ފަހުން ހެރުނުތަނަށް ވަނީ ތުންގަނޑު ބިނދިފައެވެ.

މިފަދަ ގިނަ ހާދިސާތަކެއް މީގެ ކުރީގައިވެސް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. އަދި މިފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަގޮސް އަނެއްބައި މީހުން ނުކުޅެދޭ ހާލަތަށްވެސް ގޮސްފައި އެބަހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން