ސައުތުގެ މަޝްހޫރު ތަރި ޕްރަބާސްގެ ފިލްމު "ފައުޖީ" އިން ފެންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ޑިއޯލް ދޮގުކޮށްފިއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި މި ފިލްމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސަނީ ބުނީ އޭނާ ފިލްމެއްގައި މަސައްކަތް ކުރާނަމަ ވަގުތު އައިސް ޖެހުމުން އެކަން އިއުލާން ކުރާނެ ކަމަށެވެ. އަދި ފިލްމެއްގައި މަސައްކަތް ނުކުރާނަމަ، އެއާ ގުޅޭ ގޮތުން ވާހަކަ ނުދައްކާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ މީހުން އަބަދުވެސް އޭނާއާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރާ ކަމަށެވެ.
ގިނަ ފަރާތްތަކުން "ފައުޖީ" ގައި ސަނީ ފެންނާނެ ކަމަށް ވާހަކަ ދައްކަން ފެށީ ޕްރަބާސް އާއެކު ސަނީ ނަގާފައިވާ ފޮޓޯއެއް އާންމުވުމުންނެވެ. އެ ފޮޓޯ އާންމުވުމުން އެ ދެ ތަރިންގެ ފޭނުންވެސް ތިބީ އެ ދެ ތަރިން އެކުގައި މަސައްކަތް ކުރަން އުޅޭ ކަމަށް ހީކޮށް އުފަލުންނެވެ.
ސަނީ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޖާޓު" އިންނެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އޭނާގެ އިތުރުން ރަންދީޕް ހޫޑާ، ރެޖީނާ ކެސެންޑްރާ، އައިޝާ ޚާން، އަދި ޒަރީނާ ވަހާބް ފަދަ ތަރިން ހިމެެނެއެވެ. މި ފިލްމު ނެރޭނީ މިމަހު 10 ގައެވެ.

ކިޔުންތެރިންގެ ހިޔާލު