ގަލޮޅު ގެއެއްގެ ވެރިފަރާތަށް އިންޒާރުދީ ބިރުދައްކައި އެގެއަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި މީހުން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ބަންދުން ދޫކޮށްލައިފި އެވެ.
އެ މައްސަލައިގައި މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރުކުރީ އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ، މުހައްމަދު އަޒާން، 23، ހަވޭލީ، ނ. މަނަދޫ، އިބްރާހިމް އަހުނަފް، 21، އެލަސް، ނ. ވެލިދޫ އަދި މުހައްމަދު އަފްލާހު، 23، ރީތިހިޔާ، އއ. މާޅޮސް އެވެ.
އެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން އެ މީހުންގެ ބަންދުގެ މުއްދަތު ޖެހި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީީ ޝަރުތުތަކާއެކު އެ ހަތަރު މީހުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
ބަންދުން އެ މީހުން ދޫކޮށްލިއިރު ފުލުހުން ވަނީ އެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައި ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދިފަ އެވެ.
ހައްޔަރުކުރި ހަތަރު މީހުންވެސް އެ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ވަނީ އިންކާރުކޮށްފަ އެވެ.
އަދި އެ ގެއަށް ދިޔައީ އެތަން ކުއްޔަށް ނަގައިގެން އުޅޭ މީހާ ބުނެގެން އެތަން ސާފުކޮށް މަރާމާތުކުރަން ކަމަށް ވެސް ބަންދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ.
އެ މީހުން އެތަނަށް ދިޔައީ ކުއްޔަށް ހިފާފައިވާ މީހާއާއެކު ހަދާފައިވާ ކަމަށް ބުނާ އެގްރިމަންޓް ވެސް ހިފައިގެން ނެވެ. ނަމަވެސް އެއީ ފޭކް އެގްރިމަންޓެއް ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު