ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް ކަރެކްޝަންސްގެ މުވައްޒަފުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މިއީ ގައިދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ނިމިގެން ދިޔަ ރަމަޟާން މަހު ހިންގި ފަންޑްރެއިސިން ހަރަކާތެއްގެ ދަށުން ލިބުނު ފައިސާކަމަށް ކަރެކްޝަންސްއިން ބުންްޏެވެ.
އެގޮތުން އެ ހަރަކާތުން ލިބުނު ފައިސާގެ ތެރެއިން ކޮންމެ އާއިލާއަކަށް 2220 ރުފިޔާ ދިން ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.
ކަރެކްޝަންސްއިން ބުނީ އެ ސާވިސާސްއިން އަމާޒު ކަނޑައަޅާފައި އޮތީ 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެން ނަމަވެސް އެހީއަށް އެދުނު 21 އާއިލާގެ ތެރެއިން ޝަރުތު ހަމަވީ 10 އާއިލާއެއް ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
ކަރެކްޝަންސްއިން އެހީ ދޭން ކަނޑައެޅީ ޝަރުތުތަކުގެ ތެރޭގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާތާ މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި އާމްދަނީ ލިބޭމިންވަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު