އިބްރާހިމް ފަހީމް   8 އޭޕްރީލު 2025 - 22:17
އެމްޓީސީސީގެ ބޯޑަށް މިއަދު އައްޔަނުކުރި ޔާސީން
އެމްޓީސީސީގެ ބޯޑަށް މިއަދު އައްޔަނުކުރި ޔާސީން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) ގެ ބޯޑަށް ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިރޭ ބުނީ، އެމްޓީސީސީގެ ބޯޑަށް މިއަދު އައްޔަނުކޮށްފައިވަނީ ހުޅުމާލެ، ހިޔާ, 8-01-04 ޔާސީން ހުސައިން ކަމަށެވެ.

ޔާސީނަކީ މިހާރު ވެސް ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓެންޓުގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްޓީސީސީގެ ބޯޑަށް މެންބަރަކު އައްޔަނުކޮށްފައި މިވަނީ އެ ބޯޑުގައި ކުރިން ހުންނެވި، ސިނާން އަލީ، އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ)ގެ މަގާމަށް ބަދަލު ކުރެއްވުމާއި ގުޅިގެންނެވެ.

އެމްޓީސީސީގެ ބޯޑުގައި މިހާރު ތިއްބަނީ ޗެއާމަން މުހައްމަދު އަފީފް ހުސައިންއާއި މެނޭޖިން ޑިރެކްޓަރު އަދި އެގްޒެކެޓިވް ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ނޮން އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖަމްޝީދާއި ނޮން އެގްޒެކެޓިވް ޑިރެކްޓަރު އަލީ ނާއިލާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކޮށްފައިވާ ނޮން އެކްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދުގެ އިތުރުން ނޮން އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އިމްރާން އަދުނާނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން