އެމްޑީޕީން އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމަން އަންނަ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ގައުމީ މަޖިލީހުގެ މިޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ގަ އެވެ. މި ޖަލްސާގައި އާދަޔާ ޚިލާފު ކޮންގްރެސް ބާއްވާނެ ދުވަހެއް ފާސްކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމާ މެދު ގޮތެއް ނިންމަން އެމްޑީޕީން ގައުމީ މަޖިލީހަށް ހުށަަަައަޅާފައިވާއިރު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދުގެ އެ ޚިޔާލުފުޅަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވަނީ ތާއިދު ކުރަށްވާފައެެވެ.
އެހެން ނަމަވެސް އެނިންމުމާއި މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފަައިވާއިރު ޑިމޮކްރެޓްސް އުފެއްދުުމުގައި އިސްކޮށް އުޅުއްވި ހަސަން ލަތީފް، މުޙައްމަދު ޝިފާޒު، ހުސައިން އަމްރު އަދި ޢަލީ ޢާޒިމްވެސް މިހާރު ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށް ތާއިދުކުރާ އެމްޑީޕީގެ މެންބަރުން އިސްކޮށް ތިބެ އުފެއްދި ޕާޓީއެކެވެ. އެ ޕާޓީ އުފެދިފައިވަނީ ކުރީގެ ރައީސް ސާލިޙްގެ ވެރިކަމުގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހުއެވެ.
ޑިމޮކްރެޓްސްއާއި އެމްޑީޕީ އެކުގައި މަސައްކަތް ކުރަން ނަޝީދު ގޮވާލެއްވިއިރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ އެކުގައި މަސައްކަތް ކުރުމަށް މީގެ ކުރިން ދައުވަތު ދެއްވާފައެވެ. ރާއްޖޭ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ސާލިޙް ވިދާޅުވެފައިވަނީ އެމްޑީޕީ އަށް 2028 ވަނަ އަހަރު ވެރިކަމަށް އާދެވޭނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ކަމަށެވެ. އަދި އެމްޑީޕީން ވަކިވެގެން ދިޔަ ބޭފުޅުން އަލުން ވިސްނައި އެކުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު