އިރާންގެ ޑްރޯންއެއް--
އިރާންގެ ޑްރޯންއެއް--
އިރާންގެ އާ ޑްރޯން "އަރާޝް-2" އަކީ އިސްރާއިލުގެ ސިޓީތައް ސުންނާފަތިކޮށްލެވޭ ފަދަ ޑްރޯނެއްކަމަށް އިރާނުން ބުނެފި އެވެ.

މީގެ ކުރިން އިރާނުން އިސްރާއިލަށް ހަމަލާ ދޭން ބޭނުންކޮށްފައިވަނީ ވަރަށް އާދައިގެ ޑްރޯންތަކެވެ. އަދި އެ ޑްރޯންތައް އިސްރާއިލަށް އެރުމުގެ ކުރިން އޮތީ ވައްޓާވެސްލައިފަ އެވެ.

އިރާނުގެ ސިފައިންގެ ގްރައުންޑް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ކިއުމާސް ހައިދަރީ ވިދާޅުވީ އަރާޝް- 2 ޑްރޯނަކީ ބަރާބަރަށް އަމާޒަށް ވާސިލުވާ އިސްރާއިލާ ހަމައަށް ފޯރާވަރުގެ ދުރު ރާސްތާ ޑްރޯނެއް ކަމަށެވެ.

އެ ޑްރޯން ތަރައްގީކޮށްފައިވަނީ ވެސް އިރާނާ އިސްރާއިިލާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ އިސްރާއިލުގެ ހައިފާ އަދި ތެލް އަވީވް ފަދަ ސަރަހައްދުތަކަށް ހަމަލާ ދިނުމަށެވެ.

2000 ކިލޯ މީޓަރުގެ ރާސްތާއެއް ލިބިފައިވާ އެ ޑްރޯން ރާޑަރަށް ނާރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޑްރޯން ގިނަ އަދަދަކަށް މިހާރު އިރާނުގައި އުފައްދަން ފަށާފައިވާ ކަމަށް ވެސް ކިއުމާސް ވިދާޅުވި އެވެ.

އެމެރިކާއާއި އިސްރާއިލުން އިރާނަށް ހަމަލާ ދިނުމަށް ކެތް މެދުވެފައިވާ އިރު އިރާނުން ދަނީ އެ ގައުމުގެ އަސްކަރީ ކުޅަދާނަކަން ދޭތެރެ ދޭތެރެއިން ދައްކާލަމުން ނެވެ. އެގޮތުން އިރާނުން ދޭތެރެ ދޭތެރެއިން ދަނީ ބިމު އަޑީގައި ގާއިމުކޮށްފައިވާ މިސައިލް ސިޓީތައް ވެސް ދައްކާލަމުން ނެވެ.

"އަރާޝް -2"ގެ ކުރިން އުފެއްދި "އަރާޝް- 1"އިރާނުން ތަރައްގީކޮށް ހިދުމަތަށް ނެރުނީ 2019 ވަނަ އަހަރު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން