ހައްޔަރުކުރި ސާއިފް
ހައްޔަރުކުރި ސާއިފް
ފޯނެއް ވަގަށް ނަގައި 50,000 އަށްވުރެ ގިނަ ރުފިޔާ ޓްރަންސްފާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ނ. ޅޮހީ/ ފެހިވިނަ، އަބްދުﷲ ސާއިފް (25އ.) އެވެ.

ސާއިފްވަނީ ފޯނު ވަގަށް ނެގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާގެ އެކައުންޓަށް 50،000 އަށްވުރެ ގިނަ ރުފިޔާ ޓްރާންސްފާކޮށްފަ އެވެ.

ފުލުހުން ބުނީ އޭނާ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުވެސްކޮށްފައިވާ ކަމަށެވެ.

އެކައުންޓްތަކުން ބޮޑެތި އަދަދުތަކުން ޓްރާންސްފާކޮށްގެން މީގެ ކުރިން ވެސް މީހުން ހައްޔަރުކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން