ޕީއެންސީއަށް ބަދަލުވި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކުރީގެ ދެ މެންބަރަކަށް ސަރުކާރުގެ ދެ ކުންފުންޏަކުން ވަޒީފާ ދީފިއެވެ.
އެގޮތުން، ކަނޑިތީމު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝަހީމަށް ވަނީ އެމްއޭސީއެލްގެ ފެސިލިޓީ އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް ހަމަޖައްސާފައެވެ.
އަދި ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ހަމަޖައްސާފައިވަނީ އެގްރޯނެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ.
19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮއްވައި އެމްޑީޕީގެ ވެރިކަން ބަދަލުވެ ޕީއެންސީގެ ވެރިކަން ފެށުމާ އެކު އެމްޑީޕީގެ 13 މެންބަރަކު ކުއްލިގޮތަކަށް ވަނީ ޕީއެންސީއަށް ބަދަލުވެފައެވެ. އޭގެ ތެރެއިން ގިނަ މެންބަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު