ވެރިކަންކުރާ ޕާޓީން ކުރާ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް ނުފެންނާނެ ކަމަށާއި އެހާލަތު ބަދަލުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިހާރު ސިޔާސީ މަސްރަހު އޮތްގޮތުން ވެރިކަންކުރާ ޕާޓީން ކުރާ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް ކަމަކުނުދާނެ ކަމަށެވެ. އެގޮތުން ކޮންމެ ސަރުކާރެއް ވެރިކަން ކުރިޔަސް، އެ ސަރުކާރަކުން ކުރާ އެއްވެސް ރަނގަޅު ކަމެއް އިދިކޮޅު ފަރާތްތަކަށް ނުފެންނާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަންކަން ހިނގައިދިޔަ ގޮތާއި، ވަޢުދުތަކާއި، ކޮށްދޭން ހުރި ކަންތައްތައް. ނަމަވެސް ކޮންމެ ސަރުކާރެއް އަންނައިރު، އެ ސަރުކާރަކުން ކުރާ އެއްވެސް ރަނގަޅު ކަމެއް އިދިކޮޅު ފަރާތްތަކަށް ފެންނާކަށް ނޯވޭ." ޕީއެންސީ ވެރިކަމަށް އައީ އޮޅުވާލައި، ދޮގު ހަދައިގެންކަން ހާމަ ކުރައްވަމުން ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ތިބިއިރު، އޭރު ނުކުރެވި ހުރި ކަންތައްތައް ވެސް ހުރިކަމަށެވެ. އެހެންނަމަވެސް، ޕީއެންސީން ވެރިކަމަށް އައީ ހަމަ ރޯ ދޮގު ވިއްކައިގެން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"މިއަދު މިއޮތީ ޕީއެންސީ ވެރިކަމަށް އައިސް، ދެން އެމްޑީޕީއަކަށް ނޯންނާނެ ޕީއެންސީން ކުރާ އެއްވެސް ރަނގަޅު ކަމެއް." ޣަފޫރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން