އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އަދި 6 އަހަރު ދުވަސްވަންދެން އިންޑިއަން އައިޑޮލްގެ ޖަޖުކަން ކުރި ވިޝާލް ދަދްލާނީ އެ ޝޯއިން ވަކިވެއްޖެއެވެ.
މިކަން ހާމަކުރުމަށް އިންސްޓަގްރާމުގައި ހިއްސާ ކުރި ޕޯސްޓެއްގައި އޭނާ ބުނީ އޭނާ އެ ޝޯ ދޫކޮށްލަން ނިންމީ މުމްބާއީގައި ކޮންމެ އަހަރަކު 6 މަސްދުވަސް ވަންދެން މަޑުކޮށްގެން ނުހުރެވޭނެތީ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މި ޝޯ ހުއްޓާލުމަށް ފަހު އަނެއްކާވެސް މިއުޒިކު އުފައްދަން ފަށާނެ ކަމަށެވެ. އަދި ކޮންސާޓުތައްވެސް އަލުން ފަށާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާގެ ޕޯސްޓުގައި ވަނީ އިންޑިއަން އައިޑޮލްގެ ޓީމަށްވެސް ޝުކުރު އަދާ ކޮށްފައެވެ. އަދި އެކުގައި މަސައްކަތް ކުރި އެންމެން މަތިންވެސް އަބަދު ހަނދާން ވާނެ ކަމަށާއި، އިންޑިއަން އައިޑޮލް މަތިންވެސް ހަނދާން ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ ޝޯ ދޫކޮށްލަން ނިންމީ މިކަން ކުރާހިތަކުން ނޫން ކަމަށާއި، އޭނާގެ އަމިއްލަ ނަފްސަށް ވަގުތު ދިނުމަށް ބޭނުންވާތީ ކަމަށް ވިޝާލް ވަނީ ބުނެފައެވެ.
ވިޝާލް ވަނީ އިންޑިއަން އައިޑޮލްގެ 10 ވަނަ ސީޒަނުން ފެށިގެން އެ ޝޯގައި ޖަޖެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްފައެވެ. އިންޑިއަން އައިޑޮލްގެ 15 ވަނަ ސީޒަން ދާދި ފަހުން ނިމިފައިވާއިރު، އޭނާ އެންމެ ފަހުން ޖަޖު ކުރި ޝޯ އަކީވެސް އެއީއެވެ.

ކިޔުންތެރިންގެ ހިޔާލު