ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖަލްގެ އަންހެން ދަރިފުޅު ނީސާ ބޮލީވުޑަށް ތައާރަފްވާން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ކާޖަލް ދޮގުކޮށްފިއެވެ.
ދާދި ފަހުން ނިއުސް 18ގެ އިވެންޓެއްގައި ވާހަކަ ދައްކަމުން ކާޖަލް އާ މިކަމާ ގުޅޭ ގޮތުން ވަނީ ސުވާލުތަކެއް ކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ނީސާ އެކްޓު ކުރަން ނުވަތަ ބޮލީވުޑްގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"މިހާރު ނީސާއަސް 22 އަހަރު ވާން ކައިރި ވެއްޖެ، އޭނާ އަދި ބޭނުމެއް ނުވޭ ބޮލީވުޑުގަ މަސައްކަތް ކުރާކަށް" ކާޖަލް ވަނީ ބުނެފައެވެ.
މި އިވެންޓުގައި އެކްޓު ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ދޭން ބޭނުންވާ ނަސޭހަތެއް ވޭގޯ ސުވާލު ކުރުމުން ކާޖަލް ބުނީ އެހެން މީހުން ބުނާ ގޮތަށް ހެދުމުގެ ބަދަލުގައި އަމިއްލަވަންތަކަން ގެންގުޅެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހޭ ކަމަަށެވެ.
ކާޖަލް ބުނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާއިރު ސިފައަށް ބަދަލު ގެންނަން ވަރަށް ގިނަ މީހުން ލަފާ ދޭނެ ކަމަށެވެ. އެހެންނަމަވެސް މީހުން ހިތް ރުއްސަން އަމިއްލަ ނަފްސު ބަދަލު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ކޮންމެ ކަމެއްކުރިނަމަވެސް ކާމިޔާބު މީހަކަށް ވެވޭނީ އެހެން މީހުން ނަކަލު ކުރުމުގެ ބަދަލުގައި އެމީހެއްގެ އަމިއްލަ އައިޑެންޓިޓީ އެއް ބިނާ ކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު