"ސޮރީ" ގެ މަންޒަރެއް، ފޮޓޯ: ޓްރެއިލާ
"ސޮރީ" ގެ މަންޒަރެއް، ފޮޓޯ: ޓްރެއިލާ
މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ކުރިއަށް އޮތް ފިލްމު "ސޮރީ" ގެ ޓްރެއިލާއަށް އެއް ދުވަސްތެރޭ ލައްކައަކަށްވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.

ފިލްމުގެ ޑައިރެކްޓަރު ނަހުލާ ބުނީ މިއީ ހަމަ އެކަނި ފޭސްބުކް އިން ލިބުނު ވިއުސްގެ އަދަދު ކަމަށެވެ. އަދި މި ނޫނަސް އެހެން ޕްލެޓްފޯމުތަކުގައިވެސް ފިލްމުގެ ޓްރެއިލާއަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

"ސޮރީ" ގެ ޓްރެއިލާ ނެރެފައިވަނީ މިމަހު 08 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޓްރެއިލާ އާއެކު ފިލްމުގެ ބައެއް ލަވަތަކާއި، ފިލްމުގެ އޮފިޝަލް ޕޯސްޓަރުވެސް ވަނީ ދައްކާލާފައެވެ.



މި ފިލްމުގެ ޓްރެއިލާއިން ފިލްމުގެ ލީޑު ތަރިން ފެނިގެންދާއިރު، އިހުސާސްތަކުން ފުރިފައިވާ މަންޒަރުތަކެއް ވަނީ ފެނިފައެވެ. މި ފިލްމަކީ ހުރިހާ އިހުސާސްތަކެއް އެކުލެވޭ ފިލްމެކޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ޓްރެއިލާ ބަލާލުމުން ލޯތްބާއި، ނަފްރަތާއި، ރުޅިވެރިކަމާއި، ހިތާމަ ފަދަ އިހުސާސްތައް ވަރަށް ބޮޑަށް ސިފަވެގެން ގޮސްފައި ވެއެވެ. އަދި ކޮންމެވެސް ވަރަކަށް އެކްޝަން މަންޒަރުތަކެއްވެސް ވަނީ މިއިން ފެނިފައެވެ.

މި ޓްރެއިލާ އާންމު ކުރުމާއެކު އެތައް ބަޔަކު ވަނީ މިއަށް ތައުރީފު ކޮށްފައެވެ. ޓްރެއިލާ ބަލާލުމަށްފަހު މިއީ ނުބަލާ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫންކަން ގިނަ ބަޔަކަށް ވަނީ އެނގިފައެވެ.

މިއީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ޖޫން 17 ގައެވެ. ޑައިރެކްޓަރު ނަހޫގެ "ކަމް ބެކް" ހަމަ ވަރަށްވެސް ސަޅިއެވެ. މިއީ ދިވެހި ފިލްމީ ތާރީހުގައި ލިޔެވޭފަދަ ބޮޑު ފިލްމަކަށް ވެގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ވީމާ މި ފިލްމު އެންމެ ފުރަތަމަ ބަލާ މީހުންގެ ތެރޭގައި ހިމެނެން ބޭނުންވާނަމަ އަވަހަށް ފިލްމު ނެރޭ ތާރީހު މާކުކޮށް، ޓިޝޫ ބޮނޑި ގަނެ، ދުވަސް ހުސްކޮށްލަން ޖެހެއެވެ. މިއީ ނުބަލާ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން