ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ އަދަދާއި އޭގެ ހަރަދުގެ ތަފުސީލުތައް ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ މީހަކު ހުށަހެޅުމުން އެ ހުށަހެޅުމާ ބެހޭ ތަހުގީގެއް ހިންގަން ނިންމާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިހެން ބުނެފައިވަނީ "މަހޯލި" ޕޯޓަލް މެދުވެރިކޮށް މާރޗް 25 ވަނަ ދުވަހު އާންމުންގެ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އޭގެ ޖަވާބުގައި ފޮނުވި ޖަވާބު ސިޓީއެއްގައެވެ.
މީސް މީޑިއާގައި އޭނާ އެ ސިޓީ އާންމުކޮށްފައިވާއިރު އެ ސިޓީގައި ބުނެފައި ވަނީ އާރަށާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓަނީ ސިފައިންގެ ވަކި ހާއްސަ ޔުނިޓަކުން ކަމަށް ވާތީ އެ ރަށުގައި ހިނގާ ކަންކަމުގެ މައުލޫމާތުތަކަކީ އެ ޔުނިޓްގައި މަސައްކަތްކުރާ ވަކި ހާއްސަ ބަޔަކަށް ނޫނީ ނުލިބޭނޭ މައުލޫމާތެއް ކަމަށެވެ.
އަދި އެ ހާއްސަ ޔުނިޓްގައި ތިއްބަވާ ސިފައިންނަށް އެނގޭ އެ މައުލޫމާތު ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ހާއްސަ ކޮމިޓީތަކަށް ކަމަށާއި އެފަދަ މައުލޫމާތުތައް ހާމަކުރުމަކީ އެ މައުލޫމާތު ބޭނުންކޮށްގެން ރައީސް އާއި އެމަނިކުފާނުގެ އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސިފައިން ކުރަމުން ދާ މަސައްކަތަށް ގޮންޖެހުންތައް ކުރިމަތިވެދާނޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން އެފަދަ މައުލޫމާތެއް ހޯދަން އެދޭ ފަރާތްތަކުގެ މަގުސަދު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ދިފާއީ ބާރުން ކުރަމުން ގެންދާނެކަމަށް ސިޓީގައި ބުނެފައިވެއެވެ.
"ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވުމަށް ހަމަޖައްސަވާފައިވާ ތަންތަނުގައި އެބޭފުޅުން ކުރައްވާ ހުރިހާ ކަމަކާއި، އެތަންތަނަށް ވަޑައިގަންނަވާ އަދަދާއި، ގަޑި އަދި ސަބަބު ފަދަ މައުލޫމާތަކީ އެފަދަ މައުލޫމާތު ބޭނުންކޮށްގެން ދިފާއި ބާރުން އަދާކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގާނޫނީ ޒިންމާއަށް ގޮންޖެހުންތަކެއް ކުރިމަތި ކުރުވިދާނެ ފަދަ މަޢުލޫމާތުތަކެއް ކަމުން، އެ މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކުގެ މަގުސަދު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ދިފާއީ ބާރުން ކުރައްވަމުންދާނެ ކަމުގައި ދަންނަވަމެވެ" ޑިފެންސް މިނިސްޓްރީގެ ސިޓީގައި ބުނެފައިވެއެވެ.
ސިޓީގައި ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި، ރައީސް އާއި އާއިލާ ދިރިއުޅުއްވާ ތަންތަނުގެ ހަރަދުތަކުގެ ތަފްސީލް ފަދަ މައުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް އިމެއްނެތި އެފަދަ މައުލޫމާތު ފޯރުކޮށް ނުދެވޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު