ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމުގެ އިމިގްރޭޝަންގެ ޑިޖިޓަލް އެރައިވަލް ކާޑު ފުރަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖެއްސުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 1 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައި ކަމަށެވެ.
އަދި އެ އޮންލައިން ފޯމް ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައި ފުރަންޖެހޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށާއި ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށެވެ.
އެހެންކަމުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން ރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށާއި ރާއްޖެއިން ބޭރުގައި އުޅޭއިރު އެ ގައުމުތަކުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ފޮރިން މިނިސްޓްރީން ދިވެހީންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު