އަހަރުތަކަކަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން އާއި ތަމައްނާ ބާޓިއާ އެކުގައި ބޮޑު ސްކްރީނުން ފެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ދެ ތަރިން އެކުގައި ފެނިގެންދާނީ "ރޭންޖާ" އިންނެވެ. މިހާރު މި ފިލްމުގެ ޝޫޓުތައް ފަށާފައިވާ އިރު ޝޫޓިން ކުރިއަށް ދަނީ އޫޓީގައެވެ. މިހާރު ޝޫޓުކުރަމުންދަނީ އަޖޭ އާއި ތަމައްނާގެ ވަރަށް އިންޓެންސް އަދި ޖަޒުބާތީ މަންޒަރުތަކެއް ކަމަށް ރިޕޯޓުގައި ވެއެވެ.
މި ޝޫޓުތަކަކީ މި ފިލްމުގެ ވާހަކައިގެ ބޮޑު ބައެއް ދައްކައިދޭ ޝޫޓުތަކެއް ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މި ފިލްމުގައި އަޖޭ ފެނިގެންދާނީ ފޮރެސްޓު އޮފިސަރެއްގެ ރޯލުންނެވެ. އަޖޭގެ ރޯލުގެ މައުލޫމާތު ހިއްސާ ކުރިނަމަވެސް އަދި ތަމައްނާގެ ރޯލުގެ މައުލޫމާތެއް މީޑިއާތަކާ ހިއްސާ ކޮށްފައެއް ނުވެއެވެ.
މި ފިލްމު ޑައިރެކްޓު ކުރާނީ "މިޝަން މަންގަލް" އިން މަގްބޫލުވި ޖަގަން ޝަކްތީއެވެ. އޫޓީގައި ކުރިއަށްގެންދާ ޝޫޓުތައް ދެތިން ހަފްތާ ތެރޭ ނިމޭނެ ކަމަށް ރިޕޯޓުގައި ވެއެވެ.
މިއީ އަޖޭ އާއި ތަމައްނާ ގިނަ ދުވަސްތަކަކަށްފަހު އެކުގައި ފެންނަ ފިލްމު ކަމުން ބެލުންތެރިން ތިބީ ފިލްމު ނެރޭ ދުވަހަކަށް ކެއްމަދު ވެފައެވެ. މި ދެ ތަރިން އެންމެ ފަހުން އެކުގައި ފެނިފައިވަނީ 2013 ގައި ނެރުނު "ހިއްމަތުވާލާ" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު