ޝިފްލާ--
ޝިފްލާ--
ހުސްވެފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު ޝިފްލާ އިބްރާހިމް އިންތިހާބުކޮށްފި އެވެ.

ބްރޯޑްކޮމްގެ ނާއިބު ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީން، ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އަމާޒުވެ އެ މައްސަލަ ބަލަމުން ދަނިކޮށް މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ،

ބްރޯޑްކޮމްއިން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޝިފްލާ މިހާރު އެ މަގާމަށް އިންތިހާބުކޮށްފައިވާ ކަމަށެވެ.

ޝިފްލާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަނުކުރީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.

ޝިފްލާ އަކީ ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ފަޒީންގެ އިސްތިއުފާއާ ގުޅިގެން ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ނިމިގެން ދިޔަ ހަފްތާފައި އޮތީ ހުޅުވާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން