ކަނޑަށް ޣަރަޤުވެ މަރުވާ މީހުންގެ މައްޗަށް ކަށުނަމާދުކުރަނީ ކީއްވެތޯ ގިނަ ބަޔަކު ކުރަމުންދާ ސުވާލަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޖަވާބު ދެއްވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑަށް ޣަރަޤުވެ މަރުވާ މީހުންނަކީ ޝަހީދުންގެ ދަރަޖައިގައިވާ މީހުންކަމުގައި ހަދީސްގައި ބަޔާންވެގެންވާ ކަމަށެވެ. ނަމަވެސް، ޝަހީދުންގެ ތެރެއިން ކަށުނަމާދު ނުކުރެވެނީ ހަމައެކަނި ﷲ ގެ މަގުގައި ކުރެވޭ ޖިހާދުގެ މައިދާނުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ މައްޗަށް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޖިހާދުކޮށް މަރުވާ މީހުންނަކީ މަރުވިޔަސް ދިރިތިބި ބައެއްގެ ގޮތުގައި ޤުރުއާނުގައި ބަޔާންވެގެންވާ ކަމަށެވެ. އެގޮތުން އުޙުދު ހަނގުރާމައިގައި ޝަހީދުވި ބޭކަލުން ވަޅުލުމުގެ ކުރިން އެބޭކަލުންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلم ކަށުނަމާދު ނުކުރެއްވި ކަމަށްވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޢުމަރުގެފާނާއި ޢުސްމާންގެފާނުގެ މިސާލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިދެބޭކަލުންނަކީވެސް ޝަހީދުންކަމުގައި ވީނަމަވެސް، އެބޭކަލުން ޝަހީދުވެވަޑައިގަތީ ހަނގުރާމައިގެ މައިދާނެއްގައި ނޫންކަމަށެވެ. އެހެންކަމުން، މިދެބޭކަލުންގެ މައްޗަށް ކަށުނަމާދު ކުރެވުނު ކަމަށް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރުގެ މި ބަޔާނުން އެނގިގެންދަނީ، ކަނޑަށް ޣަރަޤުވެ މަރުވާ މީހުންނަކީ ޝަހީދުންގެ ދަރަޖައިގައިވާ ބައެއްކަމުގައި ވީނަމަވެސް، އެފަދަ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްކަމެވެ.
ޝަހީމް މިމޭރުމުން ވާހަަކަ ދައްކަވާފައިމިވަނީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުން ދަނިކޮށް "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ، އަލީ މުޝްފިޤުގެ މައްޗަށް ކަށުނަމާދު ކުރަން ލ. މާވަށުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ، މުޝްފިގު، ނިޔާވެއްޖެ ކަމަށް ނިންމައި، އޭނާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށުނަމާދު ކުރަން އޭނާގެ އުފަން ރަށް، ލ. މާވަށުން ނިންމި ނަމަވެސް އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށެވެ. އަދި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާއާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިއަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް ރޭ ޝަހީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު