އަންނަ މެއި މަހުގެ ތެރޭގައި އަތޮޅު ތެރެއަށް ކުރަށްވާ ދަތުރުފުޅުތަށް ފައްޓަވާނެ ކަމަށާއި އެމަނިކުފާނުގެ އަމާޒަކީ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ނިންމުމަށް ރޭވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުތަކުގެ ޝެޑިއުލް މިހާރު ވަނީ އެކުލަވާލާފައި ކަމަށެވެ.
"އެހެންވީމާ، މޭ މަސް ފެށޭ ހިސާބުން ފެށިގެން ދަތުރުތައް ފަށާނީ. ދެން އެންމެ ފުރަތަމަ ކުރަން އޮތް ދަތުރުވެސް ހަމަ ދަންނަވާލެވިދާނެ. ހަމަ އެންމެ ފުރަތަމަ ދަތުރެއް މިއޮތީ މ. އަތޮޅު މުއްޔަށް. މުލީގެ އެއަރޕޯޓް ހުޅުވުމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މުލީ އެއަރޕޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 30 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް، އެ ތާރީޚަށް ނުހުޅުވިއްޖެނަމަ، މެއި 1 ވަނަ ދުވަހު ހުޅުވުމަށް ރޭވިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާ ބެހޭގޮތުން ސުވާލު ކުރުމުން، ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެއިން ބޭރުގެ ދަތުރުފުޅުތައްވެސް ހުންނާނެ ކަމަށެވެ. ނަމަވެސް، މިވަގުތު އިސްކަންދެއްވަނީ ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގެ ހާލަތު ބައްލަވާ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް އަޑުއައްސަވައި، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެއްލެވުން ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު