ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީ އިސްކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ގޮވާލައްވައިފިއެވެ.



މިނިސްޓަރު ޚަލީލް، މިހެން ވިދާޅުވީ މިއަދު ހަތަރުވަނަ އަންޓާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރުގައެވެ. މިނިސްޓަރ ޑރ. ޚަލީލް ބައިވެރިވެވަޑައިގެންނެވީ "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ-ޕެސިފިކް" މައުޟޫއަށް ބޭއްވި މަތީ ފެންވަރުގެ ޕެނަލް މަޝްވަރާގައެވެ.

މި މަޝްވަރާގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ. އަޓްސުޝި ސުނާމީ އާއި ސްޓޮކްހޯމް ސެންޓަރ ފޮރ ސައުތު އޭޝިއަން އެންޑް އިންޑޯ-ޕެސިފިކް އެފެއާޒްގެ އިސްވެރިޔާ ޕްރޮފެސަރ ޖަގަންނާތު ޕަންޑާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްވަރާތައް ކުރިއަށް ފިޔައީ ޖަޕާނުގެ ސަސަކަވާ ޕީސް ފައުންޑޭޝަނާ ގުޅިގެންނެވެ.

ފޮރިން މިނިސްޓަރ ޑރ. ޚަލީލްގެ ތަގުރީރުގައި ސަރަޙައްދުގެ ބަދަލުވަމުންދާ ޖިއޯޕޮލިޓިކަލް މަންޒަރާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމުތަކަށް ފުން އަސަރުކުރާ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ފަދަ މުހިންމު ދުނިޔެވީ މައްސަލަތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، އުފެދެމުންދާ ދުނިޔެވީ ނުރައްކާތަކާ ކުރިމަތިލުމުގައި މަޝްވަރާކުރުމާއި ޑިޕްލޮމަސީގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމަނުޖެހުންތައް މަދުކުރުމުގައި ސަރަޙައްދީ އަދި ގިނަ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ޖަމްޢިއްޔާތަކުގެ މުހިންމު ދައުރު މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޖޯގްރަފީގެ މުހިންމުކަން ފާހަގަކުރައްވައި އަދި ޤައުމުގެ ސަލާމަތާއި ކުރިއެރުން ސަރަޙައްދުގެ ފުޅާ ދާއިރާގެ ހަމަޖެހުމާ ގުޅިލާމެހިފައިވާކަމަށް ޚަލީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން