އެރިކް ޑޭން
އެރިކް ޑޭން
ގިނަ ބައެއްގެ މެދުގައި މަގުބޫލު "ގްރޭއިސް އެނެޓޮމީ" ގައި މާކް ސްލޯން ގެ ރޯލު ކުޅެފައިވާ އެކްޓަރު، އެރިކް ޑޭން އަށް އެމްގޯޓްރޮފިކް ލެޓެރަލް ސްކްލެރޯސިސް (އޭއެލްއެސް) ޖެހިފައިވާ ކަމަށް ހާމަ ކޮށްފިއެވެ.

އޭއެލްއެސް އަކީ ނާރުގެ ބައްޔެކެވެ. މި ބަލި ޖެހުމުން ސިކުނޑީގެ ނާރުތަކުގެ ސެލްތަކަށާއި، މައިބަދައިގެ ނާރުތަކުގެ ސެލްތަކަށް އަސަރު ކުރެއެވެ. އަދި މި ބަލި ޖެހިފައިވާ މީހުންގެ މަސްތަކަށް ތަފާތު މައްސަލަ ދިމާވެ، ބައެއް ކަހަލަ ހަރަކާތްތައްވެސް ކުރަން އުނދަގޫވެއެވެ. އަދި މި ބަލީގެ ސަބަބުން ނޭވާލާ ނިޒާމަށްވެސް އަސަރު ކުރެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެރިކް ވަނީ މި ބަލި ޖެހިފައިވާ ކަން ހާމަ ކޮށްފައެެވެ. އޭނާ ބުނެފައިވަނީ މި ބައްޔާއެކު ދިރިއުޅެން ދަސްކުރަމުންދާއިރު، އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ.

އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ "އިއުފޯރިއާ" ގައެވެ. އެރިކް ބުނެފައިވަނީ މި ބަލި ޖެހުނު ކަމުގައިވީނަމަވެސް އަދި ހެލިފެލިވެ އުޅެވޭ ކަމަށާއި، އެހެންވެ އަންނަ ހަފްތާގައި "އިއުފޯރިއާގެ" ސެޓަށް އެނބުރި ދާނެ ކަމަށެވެ.

މީޑިއާގެ ފަރާތުން އެރިކް އެދިފައިވަނީ މި ދަތި އުނދަގޫ ވަގުތުގައި އޭނާއާއި އޭނާގެ އާއިލާއަށް "ޕްރައިވެސީ" ދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން