ރިތިކު ރޯޝަން، ގޫގުލް އިމޭޖެސް
ރިތިކު ރޯޝަން، ގޫގުލް އިމޭޖެސް
ހިންދީ ފިލްމު "ވޯ 2" އަކީ މިހާތަނަށް ކުޅުނު އެންމެ ފަސޭހަ ފިލްމު ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކު ރޯޝަން ބުނެފިއެވެ.

މި ފިލްމު ނެރޭ ދުވަސް ގާތް ވެފައިވާއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރިތިކު ބުނެފައިވަނީ މިއީ މިހާތަނަށް މަސައްކަތް ކުރެވުނު އެންމެ ފަސޭހަ ފިލްމު ކަމަށެވެ. އޭނާ ބުނީ މި ފިލްމުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ ވަރަށް ރަނގަޅު ޕްލޭނަކާއި ޝެޑިއުލެއްގެ ދަށުން ކަމަށެވެ.

އޭނާ ބުނީ މި ފިލްމު އެހާ ފަސޭހަވީ ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރުގެ މިންނެތް މަސައްކަތުން ކަމަށެވެ. އަދި ޖޫނިއާއެންޓީއާރު އާއެކުވެސް މަސައްކަތް ކުރަން ފަސޭހަކަމަށާއި، އޭނާގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށްވެސް ރިތިކު ވަނީ ބުނެފައެވެ.

ރިތިކު ބުނީ މިއީ "ވޯ" ގެ އެއްވަނަ ބަޔަށްވުރެވެސް ފުރިހަމަ ފިލްމަކަށް ވާނެ ކަމަށެވެ.

މި ފިލްމު ޑައިރެކްޓު ކުރަނީ އާޔަން މުކަރްޖީއެވެ. މި ފިލްމުގެ ލީޑުން ރިރިކު އާއެކު ފެނިގެންދާނީ ތެލަގޫ ސުޕަސްޓާރު ޖޫނިއާ އެންޓީއާރު އެވެ. މިއީ އޭނާ ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން