މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް
ރައީސްގެ ފަރިއްކޮޅަށް ބޮޑު ޚަރަދެއް ކުރާކަމަށް ބުނެ ފަތުރަމުންދާ ޚަބަރު މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމް ދޮގު ކުރަށްވައިފިއެވެ.

އެގޮތުން ރާއްޖޭގެ އޮންލައިން މީޑިއާއަކުން ވަނީ ރައީސް ކޭން ބެއްލެވުމަށް މި ހަފްތާ ބަންދުގައި އާރަށަށް ގެންދިއުމަށް ގަތް ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވާކަމަށް ބުނެފައެވެ. ހަމައެއާއެކު ރައީސްގެ ކަންކަމަށް މުލިއާގޭގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރާކަމަށް އެ ޚަބަރުގައި ބުނެފައިވެއެވެ.

އެ ޚަބަރު ދޮގު ކުރަށްވަމުން އިޤްބާލް މިއަދު ވިދާޅުވީ އެ ޚަބަރަކީ ކަނޑައެޅިިގެން ބުހުތާނު ދޮގެއް ކަމަށެވެ.

“2025 އޭޕްރީލު 11ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވާ މި ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު!” އިޤްބާލް ވިދާޅުވެފައިވެއެވެ.



އޭގެ އިތުރުން އިޤްބާލް ވަނީ މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަށްވާފައެވެ.

ހަމައެހެންމެ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާ ދަތިކޮށް އޮތް ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިރުޝާދު ދެއްވާކަމަށްވެސް އިޤްބާލް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން