ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު އެ އިދާއަށް ހާޒިރުކުރަން އަންގައިފިއެވެ.
މި ދެ ފަނޑިޔާރުންވެސް ޖޭއެސްސީ އަށް ހާޒިރުވާން އަންގާފައި ވަނީ އެ ކޮމިޝަނުން ބަލަމުން ގެންދާ ސުލޫކީ މައްސަލައާއި ގުޅިގެން އެންމެ ފަހުގެ އަޑުއެހުމަށެވެ. އެގޮތުން މާދާމާ ހެދުނު ނުވައެއް ޖަހާއިރު މަހާޒު ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވާއިރު އޭނާ ހާޒިރުކުރަނީ ޖަވާބުދާރީވުމަށް ކަމަށް މަހާޒްގެ ވަކީލު ވަނީ ބުނެފައެވެ.
އަޒްމިރަލްދާ ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާ ހެދުނު ދިހައެއް ޖަހާއިރަށެވެ.
މި ދެ ފަނޑިޔާރުންގެ މައްްޗަށްވެސް ތުހުމަތުކުރެވެނީ، ޑރ. އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރުކުރެވުނު މައްސަލައެއްގައި، އޭނާ ބަންދުން ދޫކޮށްލުމަށް އެ މައްސަލަ ބެލި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. މި މައްސަލައިގައި އެ ދެ ފަނޑިޔާރުންގެ ބަޔާން ޖޭއެސްސީން ވަނީ ނަގާފައެވެ.
ޖޭއެސްސީން ދަނީ ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅުހެދި ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސައިން މުޙައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީކުރުވި މަޖިލީހުގައި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ތިބި މައްސަލައެއްވެސް ބަލަމުންނެވެ.
ސުޕްރީމްކޯޓުގެ މި ދެ ފަނޑިޔާރުންނާއެކު، އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ހުސްނުއްސުޢޫދު ވަނީ ފަނޑިޔާރުކަމުން އަމިއްލަ އަށް އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު